’އަ ޓްރިބިއުޓް ޓު ނާޝިދު‘ ޝޯ ގެ އެސޯސިއޭޓް ޕާޓްނަރަކަށް ދިރާގު

މިސްކް މެގަޒިން އިން އިންތިޒާމްކޮށްގެން މަޝްހޫރު މިއުޒިކް ބޭންޑް ’ޒީރޯ ޑިގްރީ އެޓޯލް‘ އިން މަޤްބޫލުކަން ހޯދި ލަވަކިޔުންތެރިޔާ އަހްމަދު ނާޝިދަށް ދޭ ޓްރިބިއުޓް ޝޯގެ އެސޯސިއޭޓް ޕާޓްރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި މިކަން ވަނީ އިއުލާންކޮށްފައެވެ. ދިރާގުގެ ފަރާތުން މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީ ދިރާގުގެ މެނޭޖަރ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަނާއި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލެވެ. އަދި މިސްކް މެގަޒިންގެ ފަރާތުން އެ މެގަޒިންގެ ފައުންޑަރ ރިއާޔަތު އަބްދުލް މަޖީދުގެ އިތުރުން ކޯ-ފައުންޑަރ މުހަންމަދު ނަޖުވާން ބައިވެރިވެވަޑައިގަތެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ރިއާޔަތު ވިދާޅުވީ މި ޝޯ އަކީ ނާޝިދަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންގެ ފަރާތުން ދެވޭ ހަދިޔާއެއް ކަމަށެވެ. އަދި މި ޝޯވގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިޔުމުން ދިރާގަށް ޝުކުރުއަދާކުރާކަމަށް ވިދާޅުވިއެވެ.

thumbnail_IMG_3035

ރިއާޔަތު އިތުރަށް ވިދާޅުވީ، ”އަޅުގަނޑުމެން މި ޝޯގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް މި އެދުނީ އަޅުގަނޑުމެންގެ މެގަޒިން އާއި ވަރަށް ގާތުން ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރި ފަރާތްތަކަށާއި އިންޑަސްޓްރީގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކަށެވެ. އެގޮތުން ދިރާގަކީ މިދިޔަ އަހަރުން ފެށިގެން ވަރަށް ގާތުން މަސައްކަތްކުރެވި، އަދި މިއަހަރުގެ ފުރަތަމަ އަދަދުން ފެށިގެން މެގަޒިންގެ ޓެލެކޮމް ޕާޓްނަރުގެ ހައިސިއްޔަތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ހަމައެޔާއިއެކު ދިރާގަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުންނަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏަކަށްވުމަކީ ވެސް ދިރާގަށް މި ފުރުސަތު ހުށަހެޅި އެއްސަބަބެވެ. އެގޮތުން ފުރަތަމަ ދެކެވުނު ވާހަކައިން ފެށިގެން ލިބުނު ތަރުހީބާއި އެއްބާރުލުމަށް ދިރާގަށްވެސް އަދި މި ޝޯގައި ބައިވެރިވާ ހުރިހާ ޕާޓްނަރުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.

ޝޯ ގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން ދިރާގުގެ މެނޭޖަރ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ، ”އަހުމަދު ނާޝިދު ފަދަ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފަންނާނެއްގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ޝޯއެއްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެކެވެ. އެގޮތުން މިސްކް މެގަޒިންގެ އިސްނެންގެވުމާއިއެކު ހިންގޭ މި ޝޯ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމުގަޔާއި، އަދި މި ނޫނަސް މިފަދަ ހަރަކާތްތަކުގައި މިއުޒިކް އިންޑަސްޓްރީއަށް އަދި ހާއްސަކޮށް ޒުވާނުންނަށް، ދިރާގުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންއަރުވަމެވެ.“

thumbnail_IMG_3057

ނާޝިދުގެ މިއުޒިކީ ހިދުމަތުގެ އަގު ވަޒަންކޮށް ފަންނުވެރި ޒުވާން ފަންނާނުންގެ ހުނަރުވެރިކަމުގެ ތެރެއިން ނާޝިދުގެ މިއުޒިކް އަލުން އާންމުންނާއި ހަމަޔަށް ގެނެސްދިނުމުގެ ގޮތުން ބޭއްވޭ މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *