ޕީޕީއެމުން އޯކޭ ނުވުމުން ރީކޯ މޫސަ އެމްޑީއޭއަށް !

މިއަދު އެމްޑީޕީން ވަކި ކުރި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ޕީޕީއެމަށް ދާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް އެކަމާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހެއްދެވުމުން ރީކޯ މޫސަ އެމްޑީއޭއާ ގުޅެން ތައްޔާރު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިސް ފަރާތަކުން ވިދާޅުވީ ރީކޯ މޫސަ ޕީޕީއެމަށް ގެނައުމަށް ތައްޔާރުވި ކަމަށާއި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަކެއްވެސް ވި ކަމަށެވެ. އެހެންނަމަވެސް ރައީސް މައުމޫން އެކަމަށް ނުރުހޭތީ އެކަން މިހާރު ހުއްޓާލާފައިވާކަމަށް އެ ފަރާތުން މައުލޫމާތު ދެއްވި އެވެ.

”ޕީޕީއެމަށް ގެނައުމަށް ތައްޔާރީތައް ވެފަ އޮތީ، އެ ހަބަރު ލިބުމާއެކު ރައީސް މައުމޫން އެކަމށް ދެކޮޅު ހެއްދެވި، ރައީސް ޔާމީނަށްވެސް ގުޅުއްވި، ގުޅާފައި ދެންނެވި ޕީޕީއެމަށް ގެނައުމަކީ ރައީސް މައުމޫން  ރުހިވަޑައިގަންވާކަމެއް ނޫން ކަމަށް“ ޕީޕީއެމުން ދުވަހަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

އެފަރާތުން އިތުރަށް ވިދާޅުވީ މޫސަ އެމްޑީއޭ ގުޅުމަށް ނެގޯސިއޭޝަންތައް ކުރިއަށް ގެންގޮސްފައިވަކަމަށާއި އެމްޑީއޭއިން އެކަމަށް އެއްބަސްވެފައިވާކަމަށެވެ. އަދި އެމްޑީއޭއާ މޫސަ ގުޅެނީ އެޕާޓީގެ ނައިބުރައީސްކަން މޫސައަށް ދޭގޮތަށް ކަމަށާއި މޫސަ ލަންކާއިން އައިސް ސޮއި ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ދުވަހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *