ބީއެމްއެލްގެ މުވައްޒަފުންތަކެއް ހިދުމަތް ފޯރުކޮށްދެނީ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުންތަކެއް ހިދުމަތް ފޯރުކޮށްދެނީ -- ފޮޓޯ: ބީއެމްއެލް

އަލްހާ އީދުގެ ހަތަރު ވަނަ ދުވަހު ބޭންކުތަކާއި އެމްއެމްއޭ ބަންދެން ނޫން

މިއަހަރުގެ އަލްހާ އީދުގެ ހަތަރު ވަނަ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 14 ވަނަ ދުވަހު ބޭންކުތަކާއި އެމްއެމްއޭގެ ހުޅުވިފައިި ހުންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައރު  ވިދާޅުވީ ބަންދު ދުވަސްތަށް ޖެހިޖެހިގެން ހުރުމުން ބޭންކުތަކުން ހިދުމަތް ހޯދާ ފަރާތްތަަށް ދަތިވާނެތީ ބޭންކުތަކާއި އަދި އެމްއެމްއޭ ރެގިއުލޭޓު ކުރާ އެހެން މާލީ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

”މިއަހަރުގެ އަލްހާ އީދުގެ މުނާސަބަތުގައި ސެޕްޓެމްބަރު ނުވައަކުން ފެށިގެން  14 އަށް ސަރުކާރު ބަންދުވާތީ ބޭންކު އަދި އެމްއެމްއޭއިން ރެގިއުލޭޓު ކުރާ މާލީ އިދާރާތަށް ސެޕްޓެމްބަރު 14 ގައި ހުޅުވިފައި ހުންނާނެ،“ މަންސޫރު ވިދާޅުވި އެވެ.

މި އަހަރުގެ އަލްހާ އީދާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ނުވައަކުން 14 އަށް ސަރުކާރު ބަންދުވާނެ އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *