މަގުމަތީގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިހުރި ވެހިކަލްތަކެއް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ޕޮލިސް ފައިލް ފޮޓޯ
މަގުމަތީގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިހުރި ވެހިކަލްތަކެއް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ޕޮލިސް ފައިލް ފޮޓޯ

ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ފުލުހުން ފަށަނީ

ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ޤަވާއިދާ ޚިލާފު އުޅަނދުތައް ނެގުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފުލުހުންނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ މާލޭގައި ވެހިކަލްތައް އިތުރުވެ، ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކުގައާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭންކުރާ ފާރުތަކަށް ދަތިވެ ޤަވާއިދާ އެއްގޮތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ޕާކު ކުރާނެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ފުލުހުންނަށް ހުށަހެޅެމުން ދިޔުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، ޤަވާއިދާއި ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް 2015 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތްތަކަށް އިލްތިމާސްކުރާކަމަށާއި އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހެދިފައިވާ އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާއިދުގެ ދަށުން އުޅަނދުތައް ނަގައިގެން ގެންދިއުމުގައި ނުވަތަ ބަހައްޓަފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޒިންމާ ނުނަގާނެ ކަމަށްވެސް ފުލުހން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މިގޮތުން ނެގޭ އުޅަނދުތަކަށް ދަންކަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށާއި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް ނަގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް މަގުތައް ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *