ޕޮކިމަން ގޯ ގޭމް ުކުޅުމުގައި ދިވެހި ބައެއް ޒުވާނުން -- ދުވަސް ފައިލް ފޮޓޯ
ޕޮކިމަން ގޯ ގޭމް ުކުޅުމުގައި ދިވެހި ބައެއް ޒުވާނުން -- ދުވަސް ފައިލް ފޮޓޯ

ޕޮކިމަން ގޯ: ރާއްޖެއާއި ހަމައަށް އަންނާނެ ދުވަހެއް ބުނަން ނޭނގޭ !

ޕޮކިމޮން ގޯ ގޭމަކީ ކުޑަދުވަސްކޮޅެއްގެތެރޭގައި މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގޭމެވެ. މި ގޭމަށް މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައިވެސް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފައި ވެ އެވެ. ނަމަވެސް މި ގޭމް ދިވެހީންނަށް ކުޅެވޭ ގޮތް ވީ މަދު ދުވަސްކޮޅަކަށެެވ.  ދިވެހީންނަށް އެކަންޏެއް ނޫނެވެ. އޭސިއާގެ ގިނަ ގައުމުތަކަށް އަދިވެސް މި ގޭމް ރަސްމީކޮށް ދޫކޮށްފައެއް ނުވެ އެވެ.

ދާދި ފަހުން އޭސިއާގެ ބައެއް ގައުމުތަކަށް ރަސްމީކޮށް މި ގޭމް ދޫކުރި ނަމަވެސް ޗައިނާ ފިޔަވައި މި ގޭމް ދޫކޮށްފައިވަނީ އާބާދީ ކުޑަ ގައުމުތަކަކަށެވެ. މުރާސިލުން ބުނާގޮތުގައި މި ގޭމް އާބާދީ ބޮޑެތި ގައުމުތަކަށް ދޫނުކޮށް އަދި މަޑު ކުރަނީ މި ގޭމް އުފައްދާ ނިންޓެންޑޯ އަދި ނިއާންޓިކްގެ ސާވާތައް އަދި އެހާ ވަރުގަދަ ނުވުމުންނެވެ.

ކޮންމެއަކަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދިވެހިން ދެވިހިފާފައިވާ މި ގޭމް ދިވެހީންނާއި ހިސާބަށް އަލުން އަނބުރާ އަންނާނެ ދުވަހަށް ބުނަން ނޭނގޭއިރު މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖެ ހިމެނޭ ސަރަހައްދަށް ޕޮކިމޮން ގޯ ގޭމް ރިލީޒް ކުރާނެ ކަމުގައި ކުރީން ބެލެވުނެވެ. ނަމަވެސް މި ސަރަހައްދުގެ އެއް ބާރު ކަމުގައިވާ އިންޑިއާގެ ނޫސްތަކުން ބުނާގޮތުން މި މަސްތެރޭގައި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި ގޭމް ރިލީޒް ނުކޮށްހުރި ގައުމުތަކަށް މި ގޭމް ރިލީޒް ކުރާނެ ކަމަށް ނުބެލެވެ އެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދިވަ ދުވަހުގެ ތެރޭގައިވެސް މި ގޭމް މި ގައުމުތަކަށް ރިލީޒް ކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ޕޮކިމޮން ގޯ ގޭމް ރިލީޒް ކުރިތާ 19 ދުވަސްތެރޭގައި 75 މިލިޔަން ފަހަރު ޑައުންލޯޑް ކޮށްފައިވާއިރު މިއީ މަޝްހޫރު ގޭމްތައް ކަމަށްވާ ކަލަރ ސްވިޗް، ސްލިދާ، ކޭންޑީ ކްރަޝް ފަދަ ގޭމްތަކަށް މަސް ދުވަހުންވެސް ވާސިލް ނުވެވުނު އަދަދެކެވެ.

މި ގޭމް މިހާތަނަށް ދޫކޮށްފައިވާ އޭސިއާގެ ގައުމުތަކަކީ ބްރޫނާއި، ކެމްބޯޑިއާ، ހޮންކޮންގް، އިންޑޮނޭޝިއާ، ޖަޕާން، ލާއޮސް، މެލޭޝިޔާ، ފިލިޕިންސް، ސިންގަޕޫރު، ޓައިވާން، ތައިލެންޑް އަދި ވިއެޓްނާމް އެވެ. މި ގައުމުތަކުގެ ތެރެއިން ވިއެޓް ނާމްގައި އާއްމު ބައެއް ސަރަހައްދުތަކުގައި މި ގޭމް ކުޅުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފައި ވެ އެވެ.

މި ގޭމް މަނާކޮށްފައިވާ ގައުމުތަކަށް ބަލާއިރު ކެމްބޯޑިއާގައިވެސް ވަކި ސަރަހައްދުތަކެއްގައި މި ގޭމް ކުޅުން ވަނީ މަނާކޮށްފަ އެވެ. ތައިލެންޑްގައި ވެހިކަލް ދުއްވަމުން މި ގޭމް ކުޅުން މަނާކޮށްފައިވާއިރު އެ ގައުމުގައި ވެހިކަލް ދުއްވަމުން ގޭމް ކުޅޭނަމަ ޖޫރިމަނާއެއް ކުރުމަށް ނިންމާފައި ވެ އެވެ.

ސަރަހައްދުގެ އެއް ބާރު ކަމުގައިވާ އިންޑިއާއަށް މި ގޭމް ރަސްމީކުރާނެކަމުގެ އުންމީދުގައި އިންޑިއާގައި މި ގޭމަށް ލޯބިކުރާ ފަރާތްތަކުން ތިބިނަމަވެސް އިންޑިއާ މި ގޭމް ރިލީޒް ކުރި ނަމަވެސް މި ގޭމް އިންޑިއާގައި ނުކުޅެވޭނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ. އެއީ މި ގޭމް އިންޑިއާގައި އާންމުކޮށް ދޫކޮށްލުމާއެކު ދިމާވެދާނެ ކަންތައްތަކަށް ރިއާޔަތްކޮށް މި ގޭމް އެގައުމުގައި މަނާކޮށްދިނުމަށްއެދި އިންޑިއާގެ ގުޖުރާތު ހައިކޯޓަށް މައްސަލައެއް ވައްދާފައި ވުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *