ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަހު ހިންގި ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފި

އަށާރ އަހަރުން ދަށުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަޚްލާޤީ އަމަލު ހިންގި ކަމަށް ތުޙުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އެމީހާ ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަސްލު މިއާ (28އ) ކަމަށެވެ.

ބަސްލު މިއާ ހޯދަމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ ސ.ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ބަލަމުންދާ މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކޯޓުން ކޮށްފައވާ އަމުރެއްގެ ދަށުން ކަމަށާއި މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *