މިއަންމާ --
މިއަންމާ --

މިއަންމާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

މިއަންމާއަށް މިއަންމާއަށް 6.8 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާގޮތުން ބިންހެލުން އައިސްފައި ވަނީ، މިއަންމާގެ މެއިކްތިލާ ސިޓީގެ 143 ކިލޯމީޓަރު ހުޅަގަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ބިންހެލުމުގެ އަސަރު، އިންޑިއާ، ބަނގުލަދޭޝް، ތައިލެންޑް، ލާއޯސް އަދި ޗައިނާއަށްވެސް ކޮންމެވެސް ވަރަކަށް ކުރިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މެންދުރު ފަހު 03:34 ގައި ކަމަށެވެ. ނަމަވެސް މި ބިން ހެލުމުގެ ސަބަބުން އެއްވެސް ނުރައްކާތެރިކަމެއް ރާއްޖެ ނެތްކަމަށް އެ އިދާރާއިން ބުނެ އެވެ.

މި ބިންހެލުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *