ކައުންސިލަރުންތަކެއް -- ފޮޓޯ: އެލްޖީއޭ
ކައުންސިލަރުންތަކެއް -- ފޮޓޯ: އެލްޖީއޭ

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސް ކުރި ބިލު ތަސްދީގު ކުރައްވައިފި

މިހާރު އިންތިހާބު ކުރާ ކައުންސިލަރުންގެ އަަދަދު ތިނަކަށް މަދުކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނު ނަމްބަރު 10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.

މިހާރު އައްޔަން ކުރަުންދާ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން މޖިލީހަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ރައީސުލްޖުމްހޫރިއްާ ބިލް ތަސްދީގު ކުރެއްވުމުން އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 3000 މީހުން ހަމަނުވާ އާބާދީތަކުގައި އިންތިހާބު ކުރާނީ ތިން ކައުންސިލަރުން ނެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ނަމަ އިންތިހާބު ކުރާނީ މިހާރުވެސް އިންތިހާބުކުރާ އަދަދު ކަމަށްވާ ފަސް ކައުންސިލަރުންނެވެ.

އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރެވެ. އޭގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން ކައުންސިލަރުންނެވެ.

ބިލް ތަސްދީގު ކުރެއްވުމުން މި ގާނޫނުގެ ދަށުން ހެދިފައިވާ ދެ މާއްދާއެއްވެސް އުވިގެން ދިޔައީ އެވެ.

އެއީ 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!