ދިވެހި ހައްޖާޖީންތަކެއް ހޮޓަލުގައި --ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖާޖީންތަކެއް ހޮޓަލުގައި --ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖާޖީންނަށް އެހީވުމަށް ހައްޖު މިޝަންގެ އޮފީސް ހުޅުވައިފި

ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސައުދީގައި ގާއިމް ކުރާ ހައްޖު މިޝަންގެ އޮފީސް ހުޅުވައިފި އެވެ.

ރާއްޖޭގެ ހައްޖު މިޝަން އޮފީސް ހުންނަނީ މައްކާ އާއި ދުރުނޫން ހިސާބެއްގައި އެވެ. އެ އޮފީސް މެދުވެރިކޮށް ހައްޖުވެރިންނަށް ރަސްމީ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި ހައްޖާޖީއަށް އެހީތެރިކަމެއް ބޭނުން ވެއްޖެ ނަމަ އެ އެހީއެއް ފޯރުކޮށްދޭނެ އެވެ.

ދިވެހި ހައްޖާޖީންނަށް ހިދުމަތް ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިވެހި ދައުލަތުގެ ނިޝާނާއި ދިދަ އަދި ހައްޖު މިޝަންގެ ނަންބޯޑު އޮފީހުގެ ބޭރުގައި ފެންނަން ހުންނާނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދީ އެހީތެރިވެދިނުމަށް އިސްލާމިކް މިނިސްޓްރީގެ ހަ ބޭފުޅުންނާއި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔަ ކޮންމެ ޖަމާއަތަކުން ބޭފުޅަކު ތިއްބަވާއިރު އެބޭފުޅުން ތިބޭނީ ހައްޖު މިޝަންގެ ބޭފުޅުންކަން އެނގޭގޮތަށް ޖެކެޓެއް ލައިގެން ނެވެ.

ދިވެހި ހައްޖާޖީންތަކެއް --ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖާޖީންތަކެއް –ފޮޓޯ: ހައްޖު ކޯޕަރޭޝަން

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހައްޖު މިޝަނުގެ ބޭފުޅުން ދިވެހި ހައްޖާޖީން ތިބޭ ހޮޓާތަކަށް ގޮސް ޖަމާއަތްތަކުން ފޯރުކޮށްދޭން ބުނި ފެންވަރުގައި ހިދުމަތް ދެމުން ދޭތޯ ބަލާނެ ކަމަށެވެ.

ދިވެހި ހައްޖާޖީންތަކެއް --ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖާޖީންތަކެއް –ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދިޔައެވެ. އެ އެންމެން މިހާރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފައިވާއިރު އެންމެ ފަހު ގްރޫޕު ފުރީ އިއްޔެ އެވެ.

މިއަހަރު ހައްޖު ކޯޕަޜޭޝަންގެ ހަވާލުގައި 1000 މީހުން ހައްޖަށް ގެންގޮސްފައިވާއިރު އަމިއްލަ ފަސް ޖަމާއަތަކުން ވަނީ ކޮންމެ ޖަމާއަތަކުން 200 މީހުން ހައްޖަށް ގެންގޮސްފައި އެވެ. އަމިއްލަ ޖަމާއަތްތަކުން ހައްޖަށް މީހުން ގެންދަން ބޮޑު އަގު ނަގާފައިވާކަމުގެ ޝަކުވާ އާންމުން ކުރަމުންދާއިރު އިސްލާމިކް މިނިސްޓްރީން ބުނީ އެފަދަ ޝަކުވާއެއް ރަސްމީ ސިފައެއްގައި ހުށައެޅިފައި ނުވާ ކަމަށާއި ހުށައެޅިއްޖެނަމަ އަދިވެސް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *