ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިން -- ފޮޓޯ: އެޗޑީސީ
ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިން -- ފޮޓޯ: އެޗޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކި ބިމުން ގޯތި ވިއްކަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީން ިއްކާފައިވާ ބިމުން 76 ގޯތި ވިއްކަން އިއުލާނުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނި ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ ބިމެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ބިމާއި ބީޗު ސައިޑުން ވިއްކާ 38 ބިމެވެ..

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 3000ރ. ގެ ރޭޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން — ފޮޓޯ: އެޗްޑީސީ

ސައިމަން ވިދާޅުވީ ބިން ވިއްކުމަށް އެޗްޑީސީން ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށާއި ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަށް އަންނަ މަހުގެ 18 އިން ފެށިގެން ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ބިމުގެ އަގުގެ އިތުރުން އެކުއިޒިޝަން ފީގެ ގޮތުގައި ބިމުގެ އަގުގެ ފަހެއް އިންސައްތަ ނެގުމަށް ހަމަޖެހިފަިއވާ ކަމަށާއި އެ ފީ އަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އަނބުރާ ދެވޭނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ބިން ގަތުމަށްޓަކައި ބީލަން ހުށަހެޅޭނެ. ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނީ ކޮންމެ ކެޓަގަރީއަކުން ގިނަވެގެން ދެ ބިމަށް،“ ސައިމަން ވިދާޅުވި އެވެ.

ސައިމަން އިތުރަށް ވިދާޅުވީ ބިން ގަންނަ ލޯން ހަމަޖެއްސުމުގެ ޒިންމާ ނަގަންޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގެ ނެއިބާ ހުޑު އެކަކުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *