މިދިޔަ މަހު މާލެއިން ހައްޔަރު ކުރި ދެ ނޫސްވެރިން – ފޮޓޯ: ޓުވިޓާ
މިދިޔަ މަހު މާލެއިން ހައްޔަރު ކުރި ދެ ނޫސްވެރިން – ފޮޓޯ: ޓުވިޓާ

ބިދޭސީ ނޫސްވެރިންްނާއި ފޮޓޯގްރާފަރުން އިތުރަށް ސްކްރީން ކުރަނީ

ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ގޮތުގައި ރާއްޖެ އަންނަ ބިދޭސީން އިތުރަށް ސްކްރީން ކުރަން ނިންމައިފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ބިދޭސީ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ސެކިއުރިޓީ ސްކްރީން ކުރާނީ އެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން ކަމަށެވެ. އެހެންކަމުން އެ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް އެދޭ އިރު، ސެކިއުރިޓީ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ފޯމް އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އިމިގްރޭޝަނުން މިބަދަލު ގެނައީ ކީއްވެކަމެއް ހާމައެއް ނުކުރެއެވެ.

މިދިޔަ މަހު އިދިކޮޅު އއްތިހާދުން ބޭއްވި ޖަލްސާއެއްގައި ބިދޭސީ ދެ ނޫސްވެރިން ހަރަކާތްތެރިވަނިކޮށް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި އެވެ. އަދި ފަހުން އެ ދެމީހުން ވަނީ ޑީޕޯޓުކޮށްލާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *