ކުނި މެނޭޖް ކުރުމުގެ ގަވައިދަށް ކިނބިދޫ ރައްޔިތުން އަހުލުވެރި ކުރުމަށް ޕްރޮގްރާމެއް ބާއްވައިފި

ކޮޅުމަޑުލު ކިނބިދޫގައި ކުނި މެނޭޖް ކުރުމަށް ހަދާފައިވާ ޤަވާޢިދަށް ރައްޔިތުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކިނިދޫ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިޔަށް ގެންގޮސްފިއެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ.ކިނބިދޫ ޕޮލިސް ސްޓޭޝަން އާއި ކިނބިދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ރިޑިއުސް، ރިސައިކްލް އަދި ރީ ޔޫސް“ އެވެ.

 މިދިޔަ ހަފްތާގެ ބުދަ ދުވަހު ތ.ކިނބިދޫ ސްކޫލްގައި ކުރިޔަށް ގެންދިޔަ މި ޕްރޮގުރާމްގައި ކުނި މެނޭޖުކުރާނެގޮތާއި ގަވާއިދާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު އެޅޭނެ ފިޔަވަޅުތަކާއި ކުނި އެޅުން މަނާ ސަރަޙައްދުތަކާއި ބެހޭގޮތުން މައުލޫމާތު ދެވިފައިވެއެވެ.

މިޕްރޮގްރާމުގައި ކިނބިދޫގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން މި ދުވަސް ފާގަހަކުރުމުގެ ގޮތުން ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް ގުޅިގެން ކިނބިދޫގެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *