ކޮމިޝަނާ އޮފް ކަސްޓަމް ޝަރީފް ޔުނީފޯމްގައި-- ފޮޓޯ: ސަން
ކޮމިޝަނާ އޮފް ކަސްޓަމް ޝަރީފް ޔުނީފޯމްގައި-- ފޮޓޯ: ސަން

ކަސްޓަމްސްގެ ދެ އިސްވެރިއަކު ފުރަތަމަ ފަހަރަށް ޔުނީފޯމް ލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް ގެ ދެ އިސްވެރިއަކު ފުރަތަމަ ފަހަރަށް ޔުނީފޯމްގައި ޑިއުޓީ އަށް ވަޑައިގެންފިއެވެ.

ކަސްޓަމްސްގެ ގަވައިދުގައި ބުނާ ގޮތުން ޔުނީފޯމްގައި ވަޒީފާއަސް ނިކުންނަން ޖެހޭނީ ކަސްޓަމްސް އޮފިސަރުން އެކަންޏެވެ. އެހެން ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކޮމިޝަނާ އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފާއި ޑެޕިއުޓީ ކޮމިޝަނާ އިސްމާއިލް އަބްދުﷲ އޮފީހަށް ނުކުމެވަޑައިގެންފައި ވަނީ ކަސްޓަމް ޔުނީފޯމްގަ އެވެ.

މިއަދު ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު އޮންލައިން ނޫހެއް ކަމަށްވާ ސަން އަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި ކަސްޓަމްގެ ވެރިން ކޮންމެ އާދިއްތަ ދުވަހެއްގައި އޮފީހަށް ނުކުންނަވާނީ ޔުނީފޯމްގައި ކަމަށާއި ކަސްޓަމް ތަމްސީލް ކުރައްވަން ތަންތަނަށް ވަޑައިގަންނަވާނީ ވެސް ކަސްޓަމް ޔުނީފޯމްގައި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *