ހައްޖުގެ އަޅުކަމުގެ ތެރެއިން ސައުދީ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ --
ހައްޖުގެ އަޅުކަމުގެ ތެރެއިން ސައުދީ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ --

ހައްޖު މޫސުމުގައި ކުއްލި ހާލަތުގައި އެހީވުމަށް އިންސާނުންނާއި މެޝިން ބޭނުން ކުރަނީ

ހައްޖު މޫސުމުގައި ދިމާވެދާނެ ކުއްލި ނުރައްކާތެރިކަމަކުން ހައްޖުވެރިން ރައްކާތެރި ކުރުމުގެ ގޮތުން ސިފައިންގެ އިތުރުން އާންމުންގެ ތެރެއިން ބަޔަކު ތަމްރީންކޮށް ގިނަ އަދަދެއްގެ މެޝިން ބޭނުން ކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ކުއްލި ނުރައްކަލުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އެހީތެރިވެދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް 17،000 އޮފިސަރުންނާއި އެކު 3،000 މެޝިނާއި އާލާތްތައް ބޭނުން ކުރާނެ އެވެ.

އަދި އެއްފަހަރާ 13 ނުރައްކާތެރި ހާދިސާ ހިނގިކަމުގައި ވިޔަސް ރައްކާތެރިކަން ފޯރުކޮށްދީ އެހީތެރިވެދިނުމަށް އޮފިސަރުން ތައްޔާރު ކުރެވިފައިވާ ކަމަށް ސިވިލް ޑިފެންސް ފޯސްގެ ޑިރެކްޓާ ޖެނެރަލް ސުލައިމާން ބިން އަބްދުﷲ އަލް އަމްރު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އޮޕަރޭޝަން މައްކާ އާއި މަދީނާ އަދި ހައްޖުގެ އަޅުކަމަށް ހައްޖާޖީން ދަތުރު ކުރާ ހުރިހާ ސަރަހައްދު ތަކެއްގައި މިހާރު ފަށާފައިވާ ކަމަށެވެ.

ކުއްލި ނުރައްކާތެރިކަމަކުން ހައްޖުވެރިން ރައްކާތެރި ކުރުމުގެ ގޮތުން އެކުލަވާލާފައިވާ މި ޕްލޭން ސައުދީގެ ހައްޖާ ބެހޭ މައި ކޮމިޓީގެ ޗެއާމަން އަދި އިންޓީރިއާ މިނިސްޓަރު މުހައްމަދު ބިން ނާއިފް ވަނީ ފާސްކޮށްދޭފައި އެވެ.

މިގޮތަށް ނިންމީ ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ ހިތާމެރި ހާދިސާތަކަށް ބަލައި އެފަދަ ކަމެއް ކުރިޔަށް އޮތްތާ ނުވާނެ ގޮތަކަށް ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ސައުދީ ސިވިލް ޑިފެންސް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *