ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުންދާތީ ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށް ވައިޓު އެލާޓު ނެރެފި އެވެ.
ރ. އަތޮޅާއި ލ. އަތޮޅާއި ދެމެދަށް ވައިޓު އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 11:30 ން ހަވީރު 04:30 ށެވެ.
މެޓު އޮފީހުން ބުނީ އެ ދެ އަތޮޅުގެ ދެމެދުގައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އިއްޔެވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ވަގުތުތަކުގައި ވައިޓް އެލާޓު ނެރެފައި އެވެ. އަދި ވިލާގަނޑުގައި ކަނޑުގަދަވެ ދަތުރުފަތުރުފަތުރު ކުރުން ރައްކާތެރިނުވާނެތީ ކޯސްޓްގާޑުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
މިދިޔަ ދެ ތިން ދުވަހު މުޅި ރާއްޖެއަށް ދަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހެމުންނެވެ. މެޓް އޮފީހުން ބުނީ މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.