ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކެއް – ދުވަސް ފައިލް ފޮޓޯ
ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކެއް – ދުވަސް ފައިލް ފޮޓޯ

ހުޅުމާލޭ ފްލެޓުތަކާއި ރޯހައުސްތަކުން ޖޫރިމަނާ ފީ ނަގާ ގޮތަށް ބަދަލު ގެނެސްފި

ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކާއި ރޯ ހައުސް ތަކާއި ބިން ތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި މުއްދަތަށް ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާ ދައްކާ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ހައުންސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ބުނީ އެތަންތަނުން ކުލި ބަރާބަރަށް ނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާ ފީއަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިހާތަނަށް އަމަލު ކުރަމުން އައިގޮތުން ފްލެޓްތަކަށާއި ރޯހައުސްތަކަށް އަދި ބިންތަކަށް ކުލި ދައްކަންޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ފައިސާ ނުދެއްކި ލަސްވާ ކޮންމެ ދުވަހަކަށް 0.05 އިންސައްތަ ޖޫރިމަނާއެއް ނަގައެވެ. ނަމަވެސް، އެޗްޑީސީން ބުނީ ޖޫރިމަނާ ދެއްކުމަށް ގެނައި ބަދަލާއިއެކު ޖޫރިމަނާ ނަގަމުންދާނީ ފައިސާ ނުދެއްކޭ ކޮންމެ މަހަކަށް މުޅި ޖުމްލަ އެކެއް އިންސައްތަކަމަށެވެ.

މީގެ އިތުރުން، ކުރިން އަރާފައިވާ ޖޫރިމަނާ ފައިސާއާއި، އަދި ޑައުންޕޭމަންޓް ފައިސާ ދެއްކުމަށްވެސް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.

ޖޫރިމަނާ ފީއަށް ި ގެނައި ބަދަލު ޗައިނާ ފްލެޓުތަކަށް ނާންނާނެ އެވެ. އެއީ އެ ފްލެޓުތަކަށް ފައިސާ ދެއްކުން މިހަރުވެސް އޮންނަނީ ލުއި ފަސޭހަ ގޮތަކަށް ކަމަށްވާތީ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މި ބަދަލާއި އެކު ކުރިން ކުލި ދެއްކުމުގެ މުއްދަތު ހަމަވާ ތާރީހު ކަމަށްވާ ކޮންމެ މަހެއްގެ ހަތް ވަނަ ދުވަސް ވަނީ 10 ވަނަ ދުވަހަށް ބަދަލުކޮށްފައި އެވެ.

ކުލި ދެއްކުމަށް މި ގެނައި ބަދަލާއި ގުޅޭގޮތުން  ހުޅުމާލޭ ފްލެޓުތަކާޢި ރޯހައުސްތަކުގެ އިތުރުން ބިން ގަނެފައިވާ ފަރާތްތަކަށް މައުލޫާތު ދިނުމަށް އިއްޔެ ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައި އެވެ.

ފްލެޓުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމަށް އެޗްޑީސީން އިއްޔެ ރޭ ބޭއްވި ބައްދަލުވުން -- ފޮޓޯ: އެޗްޑީސީ
ފްލެޓުތަކުގެ ވެރިންނަށް މައުލޫމާތު ދިނުމަށް އެޗްޑީސީން އިއްޔެ ރޭ ބޭއްވި ބައްދަލުވުން — ފޮޓޯ: އެޗްޑީސީ

އަލަށް އެކުލަވާލި އުސޫލުގައި ބައިވެރިވުމަށް ވެރިފަރާތުން ވަކި ފޯމެއް ފުރުމަށް ފަހު އެޗްޑީސީއަށް ހުށަހަޅަންޖެހެ އެވެ. އެޗްޑީސީން ބުނީ  ޖޫރިމަނާ ދެއްކުމަށް ގެނައި ބަދަލާއި އެއްގޮތަށް އަމަލު ކުރަން ފަށާނީ ކޮންމެ ފަރާތަކުން ވަކިން އެ ފޯމް ހުށަހެޅުމުން  ފޯމް ހުށަހަޅާ މަހުން ފެށިގެން ކަމަށެވެ.

އެ ފޯމް ހުޅުމާލޭ އެޗްޑީސީގެ މައި އޮފީހުންނާއި މާލޭ އޮފީހުން ލިބެން ހުންނާނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *