ތ ގުރައިދޫގައި ފުލުހުންނާއި އެރަށު އަންހެނުންގެ ކޮމިޓީ ގުޅިގެން ކަނބަލުންނަށް ކަސްރަތު ޕްރޮގްރާމެއް

ތ. ގުރައިދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ފުލުހުންނާއި ތ. ގުރައިދޫ އަންހެނުންގެ ކޮމިޓީ ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

”ގުރައިދޫ ބޯޅަ ދަނޑުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ގްރައިދޫ އަންހެން ކަނބަލުންގެ ތެރެއިން 80 ފަރާތަކުން ބައިވެރިވެފައިވޭ، މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިއްމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅުގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެވޭނެ“ ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމްގައި ކަސްރަތު ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ގުރައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *