މޫސުމަށް ސަމާލުވުަށް މެޓް އޮފީހުން އިލްތިމާސް ކުރޭ --
މޫސުމަށް ސަމާލުވުަށް މެޓް އޮފީހުން އިލްތިމާސް ކުރޭ --

ޑިންގީއެއްގައި އެކަނި މަހަށް ނިކުތް މީހަކު އެހީއަށް އެދުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީ މީދޫއިން ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނިކުތް މީހަކު، މޫސުން ގޯސްވުމާ ގުޅިގެން އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 ހާއިރު ލިބުމާއެކު ހާބަރ ކްރާފްޓް ލޯންޗެއް ޑައިވަރުންނާއެކު ވަނީ އެ ސަރަހައްދަށް ފުރުވާލާފައެވެ. މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އައްޑޫ ސިޓީ މީދޫ، ޒޯނިޔާ ޢުމުރުން 61 އަހަރުގެ އިބްރާހީމް މުޙައްމަދު އަށެވެ. މި މިހާ މަސްވެރިކަމަށް ނުކުތީ މިއަދު ހެނދުނު ގާތްގަނޑަކަށް 08:00 ހާއިރު އެވެ.

”މިހާދިސާގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޫސުން ގޯސްވެ ވައި ބާރުވުމުގެ ސަބަބުން ޑިންގީއަށް އަނބުރާ ރަށަށް ނާދެވުމާ ގުޅިގެން، އަދި މި ޑިންގީ އޮތީ ރުއް ހުރާގެ ފަރުކޮޅުގެ ބޭރުގައި ނަގިލި ޖައްސައިގެންކަމަށާއި އިތުރަށް ވައި ބާރުވެއްޖެނަމަ ނަގިލި ކަހާލައިގެން ގޮސްދާނެކަމަށް ޑިންގީގައި ހުރި މީހާ ވަނީ ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި“ އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިހާދިސާގައި މަހަށް ނިކުމެ އުޅުނު ޑިންގީއާއި ޑިންގީގައި ހުރި މީހާ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށުން މިއަދު 13:00 ހާއިރު، ސަލާމަތްތެރިކަމާއެކު ސ.މީދޫ އަށް ގެންގޮސްދީފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *