ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އިގްތިސާދީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރަން ޖެހޭ: ޒެނީޝާ

ރާއްޖޭގެ އިގްތިސާދީ މައިދާނުގައި އާއި ކަންކަން ނިންމާ ފެންވަރުގައި މިހާރަށްވުރެ އަންހެނުންގެ ހިއްސާ އިތުރު ކުރަންޖެހޭ ކަމަށް މިނިސްޓަރު އޮފް ޖެންޑާ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިިދާޅުވީ ޖެންޑާ މިނިސްޓްރީން ފަށާފައިވާ ”ކުރިމަގު“ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވީ އަތޮޅު އަދި ރަށު ފެންވަރުގައި  ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ޖެންޑާ ރެސްޕޮންސިވް ބަޖެޓިން އާއި ރަށު ފެންވަރުގައި ހިންގާ ޕްރޮޖެކްޓުތަކަށް ޕްރޮޕޯސަލް ހެދުންފަދަ ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

03

ފުވައްމުލަކުގައި ކުރިޔަށްދާ ޕްރޮގްރާމްގައި ފުވައްމުލަކުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެ އެވެ. ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޔޫއެން ވިމެން އާއި ޖެންޑާ މިނިސްޓްރީ ގުޅިގެންނެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *