މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އަންނަނީ ރަނގަޅުވަމުން: މިފްކޯ

މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅީ މ. އަތޮޅާއި ޅ. އަތޮޅާއި ދެމެދަށް ކަމަށް މިފްކޯއިން ބުނެފި.

އެ ކުންފުނިން ބުނީ މިދުވަސްވަރު މެދުރާއްޖެ ތެރެއަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށާއި އެގޮތުން މަސްވެރިކަން އެންމެ ރަނގަޅީ މ. އަތޮޅަކީ ޅ. އަތޮޅާ ދެމެދަށް ކަމަށެވެ.

އަދި މިފްކޯގައި ބޭނުންކުރާ މަސްގަންނަ ހުރިހާ ބޯޓުފަހަރުތައް މިހާރު ދަނީ މަސް ގަތުމުގެ އޮޕަރޭޝަނުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

މ. އަތޮޅަކީ މިފްކޯގެ އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދަކަށް ނުވާއިރު، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި ގަޑިން ގަޑިއަށް ބީޓު ފަހަރުތައް މަސް ގަންނަ ބަނދަރުތަކަށް ފޮނުވުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރި ކަމަށް މިފްކޯއިން ބުންޏެވެ.

ނަމަވެސް މަސްވެރިން ބާނާ މަސް އެއްކޮށް ނެގުމަށްޓަކާ ކުރެވެން ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންދާ ކަމަށާއި މިވަގުތު އެ ސަރަހައްދުގައި މަސްވެރިކަން ހުރި ގޮތުން އެވެރެޖް ގޮތެއްގައި ދޯންޏަކުން ހަތަރު ޓަނާއި ހަޓަނާއި ދެމެދުގެ ޢަދަދަކަށް މަސް ކިރަމުން އައި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ޢަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޮޑެތި ގިނަ ދޯނިފަހަރުތައް މެދުރާއްޖެތެރެއަށް މަސްވެރިކަން ކުރުމަށް ގޮސް، މަސްވެރިކަމުގެ މޫވްމަންޓް ދުވަހުން ދުވަހަށް ދެނެގަތުމަށްޓަކާ މިފްކޯއަށް މަޢުލޫމާތު ހިއްސާކުރުމަށްވެސް އެދިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *