ތުރުކީގެ ކައިވެނި ހަފްލާއަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް، މަރުވި މީހުންގެ އަދަދު 30 އަށް

ތުރުކީގައި ކުރިއަށްދިޔަ ކައިވެނި ހަފްލާއަކަށް އަމާޒްކޮށް ރޭގެ ވަގުތެއްގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 30 މީހަކު މަރުވެ ޒަހަމްވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފި އެވެ.

ސޯޝަލް މީޑިއާ ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ހާމަކުރާގޮތުގައި މި ޓެރަރިސްޓް ހަމަލާ ދީފައިވަނީ މީހަކު އަމިއްލަ ޖާނު ގޮއްވާލައިގެންނެވެ. ސީރިޔާގެ ބޯޑަރު ކައިރީގައި އޮންނަ ތުރުކީގެ އަވަށެއްގައި މި ޖަރީމާ ހިންގާފައިވަނީ ކައިވެނީގެ ބޮޑު ހަފްލާއެއް ކުރިއަށްގެންދިޔަ ސަރަހައްދެއްގަ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ތުރުކީގެ ވެރިކަންކުރާ ޕާޓީގެ އިސް ފަރާތެއް ކަމަށްވާ ސާމިލް ތައްޔަރު ބުނެފައިވަނީ މި ހަމަލާއަކީ އައިއެސްގެ ހަމަލާއެއްކަމުގައި ތުހުމަތު ކުރެވޭ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *