އައްޑޫސިޓީގެ މަރަދޫގައި އެކްސިޑެންޓެއް ހިހގައިފިއެވެ.
މިރޭ ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީގެ މަރަދޫ ބޮޑު މަގުގައި ދެ ސައިކަލް ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ އާއި މަރަދޫފޭދޫ ގުޅޭތަނާ ކައިރީގާ ކަމަށާއި އެކްސިޑެންޓް ހިނގި ވަގުތު ކޮންމެ ސައިކަލެއްގައިވެސް ދެ މީހުން ތިބި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ދުވަހަށް މަޢުލޫމާތުދެމުން މަރަދޫ މީހަކު ބުނީ އެ ހަތަރު މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި މީހުން މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާން ދޭން ފަށާފައިވާ ކަމަށެވެ.