ފުވައްމުލަކުގައި އަޅާ ފްލެޓުތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފި

ޏ. ފުވައްމުލަކުގައި ސަރުކާރުން އަޅާ ފުލެޓުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރ މަހަށް އިތުރުކޮށްފިއެވެ.

އެ އަތޮޅު ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން އެ ރަށުގައި އަޅާ ފުލެޓުތަކަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވީ ނަމަވެސް މިހާރު އެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކުގައި  200 ފްލެޓު ޢިމާރާތް ކުރުމަށް ނިންމާފައިވާ އިރު، އޭގެ ތެރެއިން 150 ފުލެޓު ފުވައްމުލަކު ރައްޔިތުންނަށް ޚާއްޞަ ކޮށްފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 20  ފުލެޓު ފުވައްމުލަކަށް ހިޖުރަކުރާ ފަރާތްތަކަށް ހަމަޖައްސާފައިވާ އިރު، އޭގެ ތެރެއިން ބާކީ ހުރި ފުލެޓުތައް ރިއަލް އެސްޓޭޓުގެ އުސޫލުން ވިއްކަންވެސް ނިންމާފައިވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *