ބެންކޮކް އެއަރޕޯޓު
ބެންކޮކް އެއަރޕޯޓު

ތައިލެންޑަށްދާ 19 ޤައުމެއްގެ އޮންއެރައިވަލް ވިސާ ބޮޑުކުރަނީ

ތައިލެންޑަށް ދާ 19 ޤައުމެއްގެ ރައްޔިތުންގެ އަތުން އޮން އެރައިވަލް ވިސާފީ ބޮޑުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެޤައުމުގެ މީޑިއާތަކުން ބުނެފައިވަނީ އޮންއެރަވައިލް ވިސާ ބޮޑުކުރަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އޮންއެރައިވަލް ވިސާފީ ބޮޑުކުރާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނޭ އިރު، އެ ޤައުމުތަކުގެ ރައްޔިތުންގެ އަތުން އޮންއެރައިވަލް ވިސާގެ ގޮތުގައި މިހާރު ނަގަނީ 1000 ބާތު ނުވަތަ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 500 ރުފިޔާ އެވެ.

ނަމަވެސް އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިން އޮން އެރަވައިލް ވިސާގެ ގޮތުގައި ނަގާނީ 2000 ބާތެވެ. އެއީ ދިވެހިންނަށް ނަމަ ގާތްގަނޑަކަށް 1000 ރުފިޔާ އެވެ.

އޮންއެރައިވަލް ވިސާ ފީ ބޮޑުކުރަން ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ބޫޓާން، ޗައިނާ، އިންޑިއާ، ސައުދީ އަރަބިއްޔާ، ޓައިވާން، ޔުކްރޭން އަދި އުޒްބެކިސްތާނާއި ކަޒިކިސްތާން ފަދަ ޤައުމުތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *