ޤާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލުމުގެ ކުށް ސާބިތުވެގެން މަރުގެ ޙުކުމް އިއްވާފައިވާ އަހްމަދު މުއްރަތު މާފުށީ ޖަލުގައި ދަން ޖެހެން އުޅެފިއެވެ.
ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލަކު މަޢުލޫމާތު ދިން ގޮތުގައި މުއްރަތު ދަން ޖެހެން އުޅުމުން ސަލަމާތްކޮށް މިހާރު އޭނާ ވަނީ ފަރުވާ ދިނުމަށް މާފުށީ ސިއްޙީ މަރުކަޒަށް ގެންދެވިފައެވެ. އަދި އޭނާގަ ހާލު ސީރިއަސް ނޫން ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ”ދުވަސް“ އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ޖަލުގެ ގޮޅީގައި މިވަގުތު މުއްރަތު ހުންނަނީ އެކަނި ކަމަށްވެ އެވެ. އެކަމަކު މުއްރަތުގެ ހަރަކާތްތައް ފެންނަ ގޮތަށް އެ ގޮޅީގައި ކެމެރާ ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.