ރާއްޖޭގެ ސަރުކާރުގެ ޚިޔާނާތް ހާމަކޮށްދޭ ކަމަށް ބުނާ ރިޕޯޓެއް އަލްޖަޒީރާއިން ހާމަ ކުރަނީ

ދިވެހިސަރުކާރުގެ ތެރޭގައި ހިންގަމުންދާކަމަށް ބައެއް މީހުން ތުހުމަތުކުރާ ޚިޔާނާތުގެ އަމަލުތައް ދައްކުވައިދޭ ތަހުގީގީ ރިޕޯޓެއް ނެރުމަށް އަލްޖަޒީރާއިން ތައްޔާރުވެއްޖެ އެވެ.

މިމަހުގެ 30 ވަނަ ދުވަހު އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓް ނެރުމަށް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ. ނަމަވެސް މި ރިޕޯޓްގެ ޑޮކިއުމެންޓްރީ އަލްޖަޒީރާއިން ދައްކާނެ ވަކިދުވަހެއް އަދި އަންގާފައެއް ނުވެއެވެ.

”ސްޓީލިން ޕެރަޑައިޒް“ގެ ނަމުގައި އަލްޖަޒީރާ އިން ތައްޔާރުކޮށްފައިވާ މި ރިޕޯޓް ނެރުމަށް ބާއްވާ ރަސްމިއްޔާތުގެ ދައުވަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެެވެ. މިރަސްމިއްޔާތުގެ ދައުވަތު ކާޑުގައި ބުނެފައިވަނީ، މި ރިޕޯޓްގައި ހިމަނާފައިވާނީ ގައުމެއް ރަހީނުކޮށްފައިވާ ގޮތާއި ޚިޔާނާތުގެ އަމަލުތައް ހިންގާފައިވާ ގޮތުގެ ހެކިތައް ކަމުގައެވެ.

މީގެ އިތުރުން މިދައުވަތު ކާޑުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ޖަހާފައިވާއިރު ރާއްޖޭގެ ރިޔާސީ ލޯންޗު ސިފަވާގޮތަށް ލޯންޗަކާއި ދިވެހި ރުއްތަކެއް ވެސް ޖަހާފައިވެ އެވެ.

އަލްޖަޒީރާއިން މި ރިޕޯޓްގެ މަސައްކަތް ކުރަން ފަށާފައިވަނީ ކޮން އިރަކު ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އަލްޖަޒީރާގެ ޓީމުތައް ދޭތެރެދޭތެރެއިން ރާއްޖެ އައިސް އެކިއެކި މީހުންނާއި ބައްދަލުކޮށް އިންޓަވިއުކޮށް ހަދާފައިވާކަން ވަނީ ކުރިން އެނގިފައެވެ. މި ރިޕޯޓް ތައްޔާރުކޮށްފައިވާ އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓަކީ އެމީހުންގެ ބައެއް އުފެއްދުންތަކަށް ބައިނަލްއަގްވާމީ އެވޯޑު ވެސް ލިބިފައިވާ ޔުނިޓެކެވެ.

އަލްޖަޒީރާއިންވަނީ ރާއްޖެއާއި ބެހޭގުތުން ތައްޔާރު ކުރި އެ ތަހުގީގީ ޑޮކިއުމެންޓްރީގެ އިފްތިތާހީ ހަފްލާއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އަށް ވެސް ދައުވަތު ދީފައެވެ.

އިފްތިތާހީ ހަފްލާއަށް ދައުވަތު އެރުވި ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓް
އިފްތިތާހީ ހަފްލާއަށް ދައުވަތު އެރުވި ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓް

އަދި މިތަހުގީގީ ޑޮކިއުމެންޓަރީ ގައި، ކުރީގެ އޮޑިޓޯ ޖެނެރަލް ނިޔާޒް އިބްރާހިމް ގެ އިންޓަވިއު އެއް ހިމެނިފާވާނޭ ކަމަށް، ނިޔާޒް ވަނީ މިއަދު އޭނާ ކުރި ޓްވީޓެއްގައި ބުނެފައެވެ.

ކުރީގެ އޮޑިތޯ ޖެނެރަލް ނިޔާޒް އިބްރާހިމް ކޮށްފައިވާ ޓްވީޓް- ފޮޓޯ: ޓްވިޓަރ
ކުރީގެ އޮޑިތޯ ޖެނެރަލް ނިޔާޒް އިބްރާހިމް ކޮށްފައިވާ ޓްވީޓް- ފޮޓޯ: ޓްވިޓަރ

 މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *