އޭޖީ އާއި ބްރޯޑް ކޮމް އިން މަޝްވަރާ ކުރަނީ -- ފޮޓޯ: ބްރޯޑް ކޮމް
އޭޖީ އާއި ބްރޯޑް ކޮމް އިން މަޝްވަރާ ކުރަނީ -- ފޮޓޯ: ބްރޯޑް ކޮމް

އަބުރުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކުގެ މަސައްކަތް ނިމެނީ

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާލު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަ ނައިބު އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް މިހެން ވިދާޅުވީ އަބުރުގެ ގާނޫނު ތަންފީޒު ކުރުމާ ގުޅޭގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެވެ.

މި ބައްދަލުވުމުގައި އަނިިލް ވިދާޅުވީ އަބުރުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވީ  އަބުރުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އަވަހަށް އެކުލަވާލައި ނިންމަންޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ބްރޯޑްކޮމް އަމަލު ކުރަންޖެހޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ބަންޑާރަނައިބުގެ ލަފާ ހޯއްދެވި އެވެ. އަދި މިހާރުން މިހާރަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ބްރޯޑް ކޮމްއިން މަޝްވަރާ ކުރި އެވެ.

އަބުރުގެ ގާނޫނަށް އަމަލު ކުރަންފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ގާނޫނު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވީ ގާނޫނުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަން ގިނަ ފަރާތްތަކަކުން ފާހަގަ ކުރަމުން ދަނިކޮށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *