ލ. ކަލައިދޫގައި ހުއިފިލަނޑާ ގެ މަސައްކަތްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ފިޝަރީޒު މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނިގޮތުގައި މެރިކަލްޗާ އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށެވެ. އަދި މިލޯނަށް އެދި ހުށަހެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަކަށް ކަމަށްވެސް މިނިސްޓރީން އަނީ ބުނެފައެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް އެދި ލޯނަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި އަދި ލޯނަށް އެދޭ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނެއް އަދާކުރަމުންދާ ފަރާތެއް ނަމަ އެ ލޯނެއްގެ 50 ޕަސަންޓު އަދާކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަވެ.
ލޯނަށް އެދޭ ފޯމާއި ލޯނާ ބެހޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓްwww.fishagri.gov.mv އަދި ކަލައިދޫ ކައުންސިލްގެ އިދާރާ އިން ލިބޭން ހުންނާނެއެވެ. ލޯނަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ކަލައިދޫ ކައުންސިލްގެ އިދާރާއަށެވެ.