ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ ބްލެކް މެއިލް ކުރުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް އެފަރާތުން މަޢުލޫމާތު ދީފިއެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ތ. ގުރައިދޫ، ހަވާ، އުމުރުން 32 އަހަރުގެ ޢިމްރާން އަޙްމަދު މަނިކު އެވެ.
ވީމާ ޢިމްރާން އަޙްމަދު މަނިކު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791249 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު އަދާކުރިއެވެ.