ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސީދާ ދަތުރުތަށް ކުރުމުގެ ހުއްދަ އިންޑިއާގެ ސިވިލް އޭވިއޭޝަނުން ރާއްޖޭގެ އެއާލައިނެއްކަމަށްވާ މެގަ މޯލްޑިވްސްއަށް ދީފި އެވެ.
އެ އެއާލައިނުން ބުނީ އެއީ އެ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ޗައިނާ ފިޔަވާ އިންޑިއާ އަކީ މިހާރު މުހިންމު މާކެޓެއް ކަމަށެވެ.
ދެގައުމުގެ ދެމެދު ސީދާ ދަތުރުތަށް ކުރުމުގެ ހުއްދަ ލިބުމުން ފުރަތަމަ މަސައްކަތް ކުރާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ސިދާ ދަތުރުތަށް ފެށުމަށް ކަމަށް ބުނެ އެވެ. އެއީ ދިއްލީން އަންނަ ޓޫރިސްޓުންނާއި ރަސްމީ ފަރާތްތަކަށް ރާއްޖެއަށް ސީދާ ދަތުރު އޮތުމަކީ ފަސޭހަވެ ރާއްޖެއަށް އޭގެ ފައިދާ ބޮޑުވާނެ ކަމަކަށްވާތީ ކަމަށެވެ.
ނިއުދިއްލީއަށް ސީދާ ދަުރުތަށް ފެށުމަށް މިހާރު މެގަ މޯލްޑިވްސް އިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފްލައިޓު ބާއްވާނެ ދުވަސްތަކާއި އަގުތަށް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ.
އަދި ވަރަށް އަވަހަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވާ ގޮތް އާންމު ކުރާނެކަމަށް އެ އެއާލައިނުން ބުނެ އެވެ. މިހާރު އިންޑިއާއަށް އުދުހެނީ ހަމައެކި ރާއްޖޭގެ އެއާލައިންތަކުގެ ތެރެއިން މޯލްޑިވިއަން އެވެ.