އިނގެރޭސި ޕްރިމިއަރލީގުގައި ރޭ 10 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުނު އެސްޓޮންވިލާއިން މެންޗަސްޓަރ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.
ވިލާ ޕަރކްގައި ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި އެސްޓޮންވިލާއަށް ލީޑު ނަގާދީފައިވަނީ ކްރިސް ބެންޓެކޭގެ ރީތި ގޯލުންނެވެ. މެޗުގައި ދެޓީމުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ފަލްކާއޯގެ ގޯލާއެކު ޔުނައިޓެޑުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ 2 ވަނަ ހާފްގެ އޮއެވަރު ބަދަލުވެގެންދިޔައީ އަގްބަންލަހޯރު އެޝްލީ ޔަންގަށް ކުރި ޓެކުލަކާއި ގުޅިގެން ރެފްރީ އަގްބަންލަހޯރަށް ރަތްކާޑު ދެއްކުމާއި ގުޅިގެނެވެ. ރަތް ކާޑާއެކު ޔުނައިޓެޑުންވަނީ ވިލާގެ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗަށްފަހު އެސްޓޮންވިލާގެ ކޯޗު ރިކީ ލަމްބަރޓް ބުނެފައިވަނީ އޭނާ ގަބޫލުކުރަނީ އަގްބަންލަހޯރަށް ދެއްކި ރަތްކާޑަކީ ރެފްރީ ހެދި ގޯހެއް ކަމަށެވެ. އަދި ފުރަތަމަ އެގާރައިގެ ގިަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބިނަމަވެސް، ލިބުނު ޕޮއިންޓާމެދު ހިތްހަމަ ޖެހޭކަމަށްވެސް ލަމްބަރޓް ބުނެފައިވެއެވެ.
މެޗުން އެއްވަރުވެ ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ 3 ވަނައިގައެވެ.