އޯޓިޒަމް އެސޯސިއޭޝަނުން ޙާއްޞަ ހަރަކާތްތަކާއެކު ހަވީރެއް ބާއްވަނީ

އޯޓިޒަމް އެސޯސިއޭޝަނުގެ ފަރާތުން ޚާއްޞަ ހަރަކާތްތަކަކާއެކު ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ އިރުއޮއްސެމުންދާ ރީތި ކުލަތަކާއެކު އޯޓިޒަމް އެސޯސިއޭޝަނުން ބާއްވާ ޚާއްޞަ ހަވީރު އޮންނާނީ މި އޯގަސްޓު މަހުގެ ހަވީރު ރަސްފަންނުގައި ކަމަށެވެ.

އަދި މި ހަވީރަށް ވަނުމުގެ ގޮތުން ފީއެއްގެ ގޮތުގައި =/150 ރުފިޔާ ނަގާ އިރު، މި ހަވީރު އޮންނާނީ އޯގަސްޓު 20ވާ ހޮނިހިރު ދުވަހުގެ ހަވީރު 4އިން 6 އަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ހަމަމިއާއެކު މި ހަވީރަށް ވަޑައިގަންނަވާ އިރު، އޯޓިޒަމް އެވެއަރނަސް ޓީޝާޓެއް ނުވަތަ ހެދުމެއް ޑްރެސްކޯޑެއްގެ ގޮތުގައި ބޭނުން ކުރެއްވުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށްވެސް އޯޓިޒަމް އެސޯސިއޭޝަނުން ބުންޏެވެ.

މި ހަވީރުގައި ހިމެނޭ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި ލައިވް މިއިޒިކު ހިމެނެއެވެ. އަދި  އޯޓިޒަމް ކުދިންގެ ޚާއްޞަ ހަރަކާތްތަކާއި ތަފާތު ޢުމުރުފުރައިގެ ކެއުމާއި ބުއިންވެސް އެ ސަރަހައްދުން ލިބެން ހުންނާނެއެވެ.

އޯޓިޒަމްގެ ޚާއްޞަ މި ހަވީރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ އެސޯސިއޭޝަނުގެ 3329033 ނަންބަރު ފޯނާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށާއި ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *