ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އިސްލާމިކްގެ ހާއްސަ ބްރާންޗެއް ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ހިދުމަތްތައް ދިނުމަށް ހާއްސަ ބްރާންޗެއް ހުޅުވަން ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބްރާންޗު  ހުޅުވަން ނިންމާފައިވަނީ މިހާރު ބާޒާރު ބްރާންޗު ހުރި ސިޓްރެކްސް ބިލްޑިންގުގައި ކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކް ބްރާންޗު ހުޅުވުމަށް މިހާރު އެތަނުގައި ހިންގަމުން އަންނަ ބާޒާރު ބްރާންޗު ކުރިން ބާޒާރު ބްރާންޗު ހިންގި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބީއެމްއެލް ލައިޓަށް ބަަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބާޒާރު ބްރާންޗުގެ ހިދުމަތް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ދޭން ފަށަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. ބީއެމްއެލްއިން ބުނީ އެ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކާނީ ޓްރޭޑް ސެންޓަރުގައި ހުންނަ  ބާޒާރު ބްރާންޗުން ކަމަށާއި އެތަނުން މިހާރުވެސް ބާޒާރު ބްރާންޗުން ލިބޭ ހިދުމަތެއް ކަމަށްވާ ކޭޝްކާޑު ބޭނުން ކޮށްގެން ކައުންޓަރުން ފައިސާ ނެގުމުގެ ހިދުމަތްވެސް ލިބޭނެ ކަަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިން ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ދިނުމަށް ތައްޔާރު ކުރުމުގެ ގޮތުން ސީޓްރެކްސް ބިލްޑިންގ ބަންދު ކުރި ނަމަވެސް ސެލްފް ސާވިސް ބޭންކިންގ ގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *