މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ތަކަކާއި އެކު ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފި

މަސްތުވަތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއެކު މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް  ގެންގޮސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެވަގުތު ހުޅުމާލެ ޕެޓްރޯލްކޮށް ބަލަހައްޓަމުންދިޔަ ފުލުހުންގެ ބަޔަކަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުުޙުމަތު ކުރެވިގެން 2016 އޮަގަސްޓް 15 ވަނަ ދުވަހުގެ 12:05 ހާއިރު ހުޅުމާލެ އިރުމަތީ ފަރާތު ގޮނޑުދޮށުންނެވެ.

އޭނާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އެވަގުތު ހުރި ތަކެތި ބިންމައްޗަށް ވައްޓާލުމުން ފުލުހުން އެތަން ބަލާ ފާސްކުރިއެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ  އޭނާ އެވުގުތު ހުރިދިމާ ބިންމަތި ބަލައިފާސްކުރި ކުރުމުނެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *