ދެކުނު ކޮރެއާގެ އިޗިއޮންގައި ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ 23 އަހަރުން ދަށު ފުޓުބޯޅަ އިވެންޓުގައި މިއަދު ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާއި އިންޑޮނޭޝިޔާގެ 23 އަހަރުން ދަށުގެ ޓީމް ބައްދަލުކުރި މެޗުނިމިފައިވަނީ 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެގެންނެވެ.
ތައިލެންޑާއެކު ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު އޭޝިއަން ގޭމްސްގައި ދެން ރާއްޖޭގެ ޓީމް ނިކުންނާނީ އީސްޓް ޓިމޮރ އާއި ދެކޮޅަށެވެ. މިއީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ 23 އަހަރުން ދަަށު ޓީމުކުޅެންޖެހޭ ފަހުމެޗެވެ.