ޙައްޖުގެ އަޅުކަމަށް ޚާއްސަ ކެމްޕޭނެއް ލޯންޗު ކޮށްފި

މައްކާގެ އަމީރު އަދި ސެންޓްރަލް ޙައްޖު ކޮމިޓީގެ ޗެއަރމަން ކަމުގައިވާ އަމީރު ޚާލިދް އަލް ފައިސަލް، ”ޙައްޖު އިސް ވޯރޝިޕް އެންޑް ސިވިލައިޒްޑް ބިހޭވިއަރ“ ނަމަކަށް ކިޔާ ކެމްޕޭން މިދިޔަ ހޯމަ ދުވަހު ލޯންޗު ކޮށްދެއްވައިފިއެވެ. މިކެމްޕޭނަކީ ކޮންމެ އަހަރަކު އެއް ފަހަރަކު ބޭއްވޭ ކެމްޕޭނެކެވެ. އެގޮތުން މިއަހަރު މިކެމްޕޭނުގެ ތީމަކީ ”ޙައްޖު އިސް އަ މެސެޖް އޮފް ޕީސް“ އެވެ. މާނައަކީ، ޙައްޖަކީ ސުލްޙަވެރި ކަމަށް ގޮވާލާ މެސެޖެއް ކަމުގައެވެ.

މިއީ މިގޮތުން ބޭއްވޭ އަށް ވަނަ ކެމްޕޭނެވެ. މިކެމްޕޭނުގެ މައިގަނޑު އަމާޒަކީ ޙައްޖުވެރީންނަށް ޙައްޖުގެ މާތް އަޅުކަމުގެ މަޤްސަދު އަންގައި ދިނުމާއި، ޙައްޖުގެ މާތް އަޅު ކަމަކީ ޚަލިޤްވަންތަ މާތް ﷲ އަށް އަޅުކަން ކުރުމުގެ އިތުރުން އަޅުކަމުގެ ތެރޭގައި އެކަކު އަނެކަކާއި މުޚާތަބްކޮށް އެކުއެކީގައި ގުޅިގެން އުޅެން ދަސްކޮށްދިނުމެވެ. މީގެ އިތުރުން މިކެމްޕޭނުން އަންގައިދެނީ ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށްޓަކައި ޢަރަފާތު ބިމަށް ފޭބުމަށްފަހު އަލުން އެބިމުން ފައިބައިގެން ދާންދެން، އެންމެ ރަނގަޅު ޚިދްމަތްތައް ވެސް ޙައްޖުވެރީންނަށް ދޭނެ ކަމެވެ.

ޙައްޖު ޕްރިޕެރޭޝަންސްގެ އެގްޒެކެޓިވް ކޮމިޓީ އިންޗާޖްގެ ޗެއާރމަން ހިޝާމް އަލް ފަލޭހް ބުނިގޮތުގައި އަށް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށް މިދިޔަ ކެމްޕޭނުގައި އެކުލެވިގެން ވަނީ ފަސް ގިންތިއެކެވެ. އަދި މިހާތަނަށް އައިއިރު މިކެމްޕޭނަށް ތަފާތު އެކިއެކި ކުރިއެރުންތައް ލިބިފައިވާ ކަމަށްވެސް ޙީޝާމް ބުންޏެވެ.

އެގޮތުން މިތަނުން އެއް ގިންތީގައި، ބޮޑަށް އަމާޒު ކުރެވޭނީ މައްކާގެ މާތް ކަން ޙައްޖުވެރީންނަށް އަންގައި ދިނުންކަމަށް ޙިޝާމް ބުންޏެވެ. އަދި އެބިމުގައި ހުންނަ އެކިއެކި މާތް ބިންތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ދެވޭނެ ކަމަށް އޭނާ ބުންޏެވެ.

”މިގިންތީގައި ބޮޑަށް ޓާގެޓް ކުރާނީ ކަޢުބަތުއްﷲ ގެފުޅައް ޒިޔާރަތް ކުރާ މީހުންނަށާއި އާއްމުންނަށެވެ“ ޙިޝާމް ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *