މީހަކު ވޯޓު ލަނީ --
މީހަކު ވޯޓު ލަނީ --

ސިޔާސީ ޕާޓީ ތަކުން ނިންމާ ސިޔާސީ ކަންކަމަށް އީސީ އިން ފާޑެއް ނުކިޔާނަން: އަކުރަމް

އީ-ވޯޓިންގް ގައި ބައިވެރި ނުވުމަށް އެމްޑީޕީ އިން ރޭ ނިންމި ނިންމުމާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނީ ސިޔާސީ ޕާޓީ ތަކުން ނިންމާ ސިޔާސީ ކަންކަމަށް އެކޮމިޝަނުން ފާޑުނުކިޔާނެ ކަމަށެވެ.  އެހެން ނަމަވެސް ސިޔާސީ ޕާޓީ އަކުން އިންތިހާބާއި ގުޅޭ ގޮތުން އެއްވެސް ކަމެއްގައި ކަންބޮޑުވާނަމަ، އެކަމެއް އޮޅުން ފިލުވާ ދިނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް މިއަދު ”ދުވަސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުގައި ބައިވެރި ނުވާނެ ކަމަށް އެއްވެސް ޕާޓީ އަކުން އީސީ އަށް އަންގާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އީ-ވޯޓިންގް ގައި ބައިވެރި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފައިވާތީ، ވޯޓުލާ މީހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވާންވީ ކަމެއް ކަމުގައިވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

”އެގޮތަށް އެކަން ނުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން“ އަކްރަމް ވިދާޅުވިއެވެ.

އީވޯޓީން އަންނަ އަހަރު ރާއްޖެއަށް ތައާރަފްކުރާއިރު މެޝިން އެއް ބޭނުންކުރާނީ ހަމަ އެކަނި ވޯޓު ކަރުދާސް ގުނުމަށެވެ.  އަދި މިކަމަށް ދެވައްތަރެއްގެ ދެ މެޝިނެއް ބޭނުންކުރާނެއެވެ. އޭގެ ތެރެއިން އެއް މެޝިނަކީ ވޯޓު ލާ ފޮށީގައި ހަރުކުރާ ގޮތަށް ހުންނަ މެޝިނެކެވެ. އަދި އަނެއް މެޝިނަކީ ވަކިން ހުންނަ މެޝިނެކެވެ. ވޯޓު ލާ ގޮތަށް ބަލާއިރު، ވޯޓު ލުމުގެ ހުރިހާ ކަމެއްވެސް ހުންނާނީ ހަމަ މިހަތަނަށް ވެސް ކުރަމުން އައި ގޮތަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *