ސައުދީގައި ސްނެޕްޗެޓް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ބަޔަކު އަތުލައިގެންފި

ސައުދީ އަރަބިއާގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ސްނެޕްޗެޓް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ރަލުގެ ވިޔަފާރި ކުރަމުންދިޔަ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ސައުދީ ނޫސްތަކުން ހާމަކުރާގޮތުގައި އިއްޔެގެ ވަގުތެއްގައި މި ހަތް މީހުން ހައްޔަރުކުރީ އެ ގައުމުގެ ކައުންޓަ ނާކޮޓިކްސް ސްކޮޑުން އެ ހަތް މީހުންގެ އެޕާޓްމެންޓްތައް ބަލާ ފާސްކުރުމަށް ފަހުގަ އެވެ.

ސައުދީ ނޫހެއް ކަމަށްވާ ސަބްޤް އިން ހާމަކޮށްފައިވާގޮތުގައި އެ ހަތް މީހުންގެ އެޕާޓްމެންޓްތައް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ރަލުގެ އިތުން ބައެއް ހަތިޔާރުވެސް ހޯދާފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *