އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އައިހެވަން ޕްރޮޖެކްޓުގެ ކުރެހުމެއް --
އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އައިހެވަން ޕްރޮޖެކްޓުގެ ކުރެހުމެއް --

އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

އިހަވަންދިއްޕޮޅުގައި ސަރުކާރުން ކުރިޔަށް ގެންދަން ނިންމާފައިވާ އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިހެވަންގައި ގާއިމުކުރާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް ގައިވާ ހަމަތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޓާމްސް އޮފް ރިފަރެންސް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނާއި ގުޅިގެން ރާއްޖެއާއ ރާއްޖެއިން ބޭރުގެ ކުންފުނިތަކަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

އިހަވަންދިއްޕޮޅަކީ އައިހެވަން މަޝްރޫއު ހިންގަން އެކަށީގެންވާ ސަރަހައްދެއްތޯ ބެލުމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ)އާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ދިރާސާތަކެއް ކޮށްފައި އެވެ.

އައިހެވަން އިންޓަގްރޭޓަޑް މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައް ކަމުގައިވާ ވެއާހައުސިންގް، ޕެކޭޖިން، ޕްރޮސެސިންގް، މެނުފެކްޗަރިން، އިންޓަނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްގީކުރުމަށް ރޭވިފައިވާ މަޝްރޫއެކެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *