ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ އަކްރަމް (ޕާސްޕޯޓް ނަމްބަރު: AE5651715) އެވެ.
ފުލުހުން ބުނީ އެމް.ޑީ އަކްރަމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791814 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.