ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ޓީވީ އާއި ދެކޮޅަށް ޔަޒީދު އަބުރުގެ ދައުވާ ކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙަންމަދުގެ އަބުރަށް އުނިކަން އަންނަ ފަދަ ޚަބަރެއް ބްރޯޑްކާސްޓްކޮށް ފައިވާ ކަމަށް ބުނެ ރާއްޖެޓީވީއާ ދެކޮޅަށް އަބުރުގެ ދަޢުވާކޮށްފި އެވެ.

މިމައްސަލަ ޔަޒީދުގެ ފަރާތުން ސިވިލް ކޯޓަށް ވައްދާފައިވަނީ މިއަދު އެވެ. މައްސަލަ ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖެ ޓީވީން ބުނީ ޔަޒީދު އެ ސްޓޭޝަނާއި ދެކޮޅަށް އަބުރުގެ ދަޢުވާ ކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެނެސްދިން ޚަބަރަކާއި ގުޅިގެންނެވެ.

އެ ޚަބަރުގައި ބުނެފައވަނީ މީރާއަށް ފިއްލަވައިގެން ޔަޒީދު ވިޔަފާރި ކުރައްވާ ކަމަށެވެ. އެގޮތުން ރެހެންދި ފްލެޓުން ޔަޒީދަށް ލިބިފައިވާ ފްލެޓު ކުއްޔަށްދީގެން އާމްދަނީ ހޯއްދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ކަމަށް އެ ޚަބަރުގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީން އެ ރިޕޯޓުގައި ހިމަނާފައި ހުރި ވާހަކަތަކުގެ ސަބަބުން  ޔަޒީދުގެ އަބުރަށް އަރައިގަނެވިފައިވާކަމަށް ވިދާޅުވި ކަމަށް އޭނާ އާއި ހަވާލާދީ ރާއްޖެ ޓީވީން ބުނެ އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރި އަބުރުގެ ބިލުގައި ވާގޮތުން މީހެއްގެ އަބުރަށް އަރައިގަތްކަން ޘާބިތުވެއްޖެ ނަމަ އެ މީޑިއާއެއް  ބައި ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރެވެނީ އެ ފައިސާ ދައްކާ ނިމުމުންނެވެ.

ރާއްޖެ ޓީވީން ބުނީ ޔަޒީދު އެ  މައްސަލަ ހުށަހެޅުއްވީ މިހާރު ޢަމަލު ކުރަމުންދާ އަބުރުގެ ޤާނޫނުގެ ދަށުން ނޫން ކަމަށެވެ. ޔަޒީދު އެ މައްސަލަ ހުށަހަޅާފައިވަނީ އަބުރު ރައްކާތެރިކުރުމަށް ކުރިން ހަދާފައިވާ ޤަވާޢިދުގެ ދަށުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *