މީރާއިން ކުރިއަށްގެންދިޔަ ”ޓެކްސް ވީކް“ ނިންމާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ”ޓެކްސް ވީކް“ ތިކުދިންގެ ހަވީރާ އެކު ނިންމާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބޭއްވި މި ހަވީރު ފައްޓަވައިދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުއެވެ.

މި ހަވީރުގައި މީރާގެ އިތުރުން ގިނަ ޢަދަދެއްގެ މިނިވަން މުއައްސަސާއިން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޕަބްލިކް ސަރވިސް މީޑިއާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް ބްލަޑް ސަރވިސް، އިލެކްޝަންސް ކޮމިޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، ސިވިލް ސަރވިސް ކޮމިޝަން، އިންފޮމޭޝަން ކޮމިޝަންގެ އޮފީސް، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް އަދި ކޭ.ކޭ ވޯޓަރ ސްޕޯޓްސް ހިމެނެއެވެ.

ކުރީ އަހަރުތަކެކޭ އެއްފައިދައިން މި އަހަރުގެ ޓެކްސް ވީކްގެ ހަރާކާތްތަކަށްވެސް ޓެކްސް ދައްކާ ފަރާތްތަކުގެ އިތުރުން ސްކޫލްތަކާއި ޢާންމުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލެއްވުމަށް މީރާއިން ޝުކުރުއަދާކުރެއެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *