ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކާއި ހަބަރުތައް ކަވަރު ކުރުމުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް ސަމާލުކަން ދިނުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބްރޯޑް ކޮމް އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓު ކުރުމުގައި އަބުރުގެ ގާނޫނުން ލިބިދޭ ހައްގުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހަބަރާއި ޕްރޮގްރާމް ގެނެސްދިނުމުގައި ބްރޯޑްކޮމްގެ ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފު ނުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ހާއްސަކޮށް ލައވް އިވެންޓުތައް ބްރޯޑްކާސްޓު ކުރުމުގަ އާއި ހަބަރާއި ކަރަންޓު އެފެއާޒް ގެނެސްދިނުމުގެ އިތުރުން މުޒާހަރާއާއި ހަލަބޮލި ހާލަތްތަކުގައި ކަވަރު ކުރުމުގައި އަބުރުގެ ގާނޫނަށާއި އެކޮމިޝަނުގެ ކޯޑް އޮފް ޕްރެކްޓިސްއަށް ސަމާލުވުމަށް އަންގާފައިވެ އެވެ.
އަބުރުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ގާނޫނުގެ ދަށުން ވަގުތުން ގެނެސްދޭ އިވެންޓެއްގައި މީހެއްގެ އަބުރަށް އަރައިގަނެފި ނަމަ އެލައިވް ފީޑެއް ކަނޑާލުމަށް އެންގުމުގެ ބާރު އެމީހަކަށް ލިބިގެންވެ އެވެ،