މި އަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ޖީއެސްޓީ ނުދައްކާ 154 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ވެސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރީ މީރާއިން ޢަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ކަމަށާއި މި ފަހަރު ނަން ހާމަ ކުރީ މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނު ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ކަމަށެވެ.
އެ ލިސްޓް މީރާއިން ގެޒެޓްގައި އާންމުކޮށްފަ އެވެ. ނަން އާންމުކުރި ލިސްޓްގައި ހިމެނެނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ އަށް ޓެކްސް ނެގޭ މުއްދަތުގައި ޖީއެސްޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީއެސްޓީ ވެސް ދައްކައިފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ޓޫރިޒަމް ޖީއެސްޓީ އަދި ޖެނެރަލް ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތެވެ.
މި އަހަރުގެ ތިންވަނަ ކުއާރޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅައި އަދި ޖީއެސްޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 13 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 141 ފަރާތެއްގެ ނަން މީރާއިން ވަނީ އާންމުކޮށްފަ އެވެ.