ބްރިޖު ބަލާލަންދާ މީހުން ތިބެން އަޅާ ޕްލެޓުފޯމުގެ ކުރެހުމެއް -- ފޮޓޯ: ހައުސިންގ މިނިސްޓްރީ
ބްރިޖު ބަލާލަންދާ މީހުން ތިބެން އަޅާ ޕްލެޓުފޯމުގެ ކުރެހުމެއް -- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބްރިޖު ބާލަން ތިބެން ޕްލެޓުފޯމެއް އަޅަނީ

ހުޅުލެއާއި މާލެ އާއި ދެމެދު އަޅާ ބްރިޖު ބަލާލަން ތިބެން ފްލެޓުފޯމެއް އަލާދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެފަދަ ޕްލެޓުފޯމެއް ހަދަން ނިންމީ ބްރިޖުގެ މަސައްކަތް ހިގަމުންދާގޮތް ބަލާލަން ގޮސް ލޮނުޒިޔާރަތްކޮޅުގައި ގިނަ އަދަދަކަށް މީހުން ތިބޭތީ އެމީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަަމަށެވެ. މި ޕްލެޓުފޯމަށް ދީފައިވާ ނަމަކީ ބްރިޖު ވިއުއިން ޕްލެޓުފޯމެވެ.

ހައުސިްގ މިނިސްޓްރީން ކޮށްފައިވާ އިއުލާނާއި އެކު ފްލެޓުފޯމު އިންނަން ޖެހޭގޮތުގެ ކުރެހުމެއް އާންމުކޮށްފައިވެ އެވެ. ކުރެހުމުގަިއ އިންނަ ގޮތުން ބްރިޖު ބަލާލަން ގޮސް މީހުން ތިބެން ހަދަނީ ސިޑިބަރި އެކެވެ. އަދި އެތަނުގައި ކާއެއްޗެހި ވިއްކާ ކުޑަ ތަނެއް ހަދައި ވިޔަފާރި އުސޫލުން ކުއްޔަށްދޭން ވަނީ ނިންމާފައި އެވެ.

ހައުންސިން މިނިސްޓްރީން ބުނީ އެ ފިހާރަ ކުއްޔަށްދޭނީ މަހުން މަހަށް ސަރުކާރަށް ކުލި ދައްކާގޮތަށް ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ. ޗައިނާގެ ސީސީސިސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ބުނެފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި އަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *