ް ޕެންޝަން ފަންޑާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ – ފޮޓޯ: ބީއެމްއެލް
ް ޕެންޝަން ފަންޑާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ – ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ހޯމް ލޯނުގެ 20 އިންސައްތަ ޕެންޝަން ފަންޑުން ދައްކައިދެނީ

ގެދޮރު އިމާރާތް ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ހޯމްލޯނުގެ 20 އިންސައްތަ ޕެންޝަން ފަންޑުން ދައްކައިދޭ ގޮތަށް ޕެންޝަން ފަންޑާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ބީއެލްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކު އެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އިން ހޯމްލޯނު ނަގަން ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ދައްކައިދޭނެ އެވެ. މަދުވާނަމަ މަދުވާ ބައި އަމިއްލައަށް ދެއްކޭއިރު އާއިލާ މީހެއްގެ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްކޮށްލައިގެންވެސް 20 އިންސައްތަ ހަމަ ކުރެވެ އެވެ.

ބީއެމްއެލްއިން ބުނީ އާންމުކޮށް ހޯމްލޯނަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަ ކަމަށްވާ ފުރަތަމަ ދައްކަންޖެހޭ ފައިސާ އެއްފަހަރާ ނުދެއްކޭ މައްސަލައަށް މި އެއްބަސްވުމުގެ ދަށުން ހައްލު ލިބުނީ ކަމަށެވެ.

ބީއެމްއެލްއާއި އެކު ޕެންޝަން ފަންޑުން މިފަދަ އެއްބަސްވުމެއް ގާއިމް މި ކުރީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ޕެންޝަން ފަންޑަށް އިސްލާހެއް ގެނައުމުންނެވެ. އެ އިސްލާހުގައި ބުނެފައިވަނީ ކޮންމެ މީހެއްގެ ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ޖަމާވެފައިވާ ފައިސާ އިން ފްލެޓް ގަންނަން ހަރަދު ކުރެވޭނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *