މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު – ފޮޓޯ: މަޖިލީސް
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު – ފޮޓޯ: މަޖިލީސް

މާލޭގައި އެއްވުމެއް ބާއްވާނަމަ ފުލުހުންގެ ހުއްދަ ނަގަން ޖެހޭގޮތަށް އިސްލާހު ހުށަހަޅައިފި

ފުލުހުންގެ ހުއްދަ ނަގައިގެން ނޫނީ މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ނުބޭއްވެގޮތަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މުޒާހަރާއެއް ނުވަތަ ހިނގާލުމެއް ފަދަ ކަމެއް މާލޭގައި ބާއްވާނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެއް ވެވޭނީ ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާން ކުރާ ތަންތަނުގައި ކަމަށެވެ.

ހޯމް މިނިސްޓްރީން އާންމު ކުރާ ލިސްޓު ބިލު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. މީގެ އިތުރުން ބިލު މަޖިލީހުން ފާސްވެއްޖެ ނަމަ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އެ އިސްލާހު ފާސްވެއްޖެނަމަ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެން ދާނެ އެވެ. އެއީ މިހާރަކަށް އައިސް ބާއްވާ ގިނަ އެއްވުންތައް ވެސް މަގު ބަންދުވާކަމަށް ބުނެ ފުލުހުން ހުއްޓުވާތީ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *