ގާނޫނު އަސާސީއަށް ހުށަހެޅި ދެ އިސްލާހު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.
ލާމަރުކަޒީ ގާނޫނަށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހަކީ ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ދިގުކުރުމާއި ކައުންސިލްގެ ރައީސާއި ނައިބު ރައީސުން ރައްޔިތުން ހޮވާގޮތަށް ހުށަހެޅި އިސްލާހެވެ.
ކައުންސިލްގެ އުމުރު ފާސްކުރަން މިއަދުގެ ޖަލްސާގައި 51 މެންބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް 17 މެންބަރުން ވޯޓުދެއްވި އެވެ. ކައުންސިލްގެ ރައީސާއި ނައިބު ރައީސް ރައްޔިތުން ހޮވާގޮތަށް ހުށަހެޅި އިސްލާހަށް 51 އެއް މެންބަރުން ތާއީދުކޮށް ވޯޓު ދެއްވި އިރު 19 މެންބަރުން ދެކޮޅަށް ވޯޓުދެއްވި އެވެ.
ގާނޫނު އަސާސިއަށް އިސްލާހު ގެންނަން ފާސްކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި ވޯޓު ލިބިގެންނެވެ. އެއީ 64 މެންބަރުންގެ ވޯޓުންނެވެ.