ކުރީގެ ބަރސެލޯނާ އަދި ފްރާންސް ގައުމީޓީމުގެ ޑިފެންޑަރ އެރިކް އަބިޑާލް 14 ސީޒަންގެ ފުޓުބޯޅަ ކެރިއާއަކަށްފަހު ރިޓަޔަރކުރިކަން މިއަދު މެޗަށްފަހު އިއުލާން ކުރާނެއެވެ.
35 އަހަރުގެ އަބިޑާލް މިހާރު ކުޅެމުންދަނީ ގްރީސްގެ އޮލިމްޕިއާކޮސްއަށެވެ. އަދި މިއަދު އެޓީމުން ކަލޯނީ އޭއީއެލް އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު އެރިކް އަބިޑަލް ފުޓުބޯޅަ ކެރިއަރ ހުއްޓާލިކަން އިއުލާން ކުރާނެއެވެ.
އަބިޑާލްގެ ރިޓަޔަރމަންޓާއި ގުޅިގެން ބަރސެލޯނާ އަދި އޮލިމްޕިއާކޮސްއިންވެސް ކޯޗިންގެ ރޯލަކަަށް ދައުވަތު ލިބބިފައިވާކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ. “ އަހަރެން ރިޓަޔަރކުރަނީ އަމިއްލަ ބޭނުމަށް. އަހަރެން ބޭނުންވަނީ އާއިލާއާއި ރަހުމަތްތެރިންނާއެކު ހިތްހަމަ ޖައްސާލަން. ކޯޗިން އާއި މެދު ވިސްނުމަށްފަހު ގޮތެއް ނިންމާނަން.“ އަބިޑާލް ބުންޏެވެ.
އަބިޑާލްގެ ފުޓުބޯޅަ ކެރިއއަރއަށް ބަލާލާއިރު، 2007 ވަނަ އަހަރު ބަރސާއާއި ގުޅުނުފަހުން އަބިޑާލްވަނީ ބަރސާއަށް 193 މެޗު ކުލެދީފައެވެ. 2009 އަދި 2011 ވަނަ އަހަރު ބަރސާއާއެކު އަބިޑާލްވަނީ ޗެމްޕިއަންސްލީގު ތަށި އުފުލާލައިފިއެވެ. އަދި 4 ލަލީގާ ތަށިވެސް އޭނާ ބަރސާ ކެރިއަރގައި އުފުލާލިއެވެ.
ފްރާންސްގެ ގައުމީޓީމަށް 67 މެޗު ކުޅެދިންއިރު 2011 ވަނަ އަހަރު މާރިޗު މަހުގައި އަބިޑާލްވަނީ “ ލިވަރ“ ޓިއުމަރަކަށް ފަރުވާ ކުރުމަށްފަހު ”ލިވަރ ޓްްރާންސްޕްލާންޓް“ ހަދާފައެވެ.
ބަރސާއަށް ކުޅުމަށްފަހު ސިއްހީގޮތުން ރިކަވަރވުމަށް ސީޒަންގައި އިތުރަށް އަބިޑާލް ކުޅެފައެއް ނުވެއެވެ. އަބިޑާލް 2013 ވަނަ އަހަރު މޮނާކޯއަށް ބަދުވެ އެއަހަރުގެ ޖުލައިމަހުގައި އޮލިންޕިއާކޮސްއަށް ސޮއެކުރިއެވެ.