ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނިކޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކުރަނީ – ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ
ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނިކޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކުރަނީ – ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ދެ ރަށެއްގެ ކުނި ކޮށި އަޕްގްރޭޑުކޮށް އިތުރު ރަށެއްގައި ކުނި ކޮށި އަޅަން ހަވާލުކޮށްފި

ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނިކޮށި އަޕްގްރޭޑްކޮށް، ގއ. މާމެންދޫގައި ކޮނިކޮށްޓެއް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރ. މީދޫ އާއި ބ. ކުޑަރިކިލު ކުނި ކޮށި އަޕްގްރޭޑު ކުރަން ހަވާލުކޮށްފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ގއ. މާމެންދޫގައި ކުނި ކޮށި އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބްރޯހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ގއ. މާމެންދޫގައި ކުނިކޮށި އެޅުމުގެ މަސައްކަތް ހަވާލުލު ކުރަނީ – ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ
ގއ. މާމެންދޫގައި ކުނިކޮށި އެޅުމުގެ މަސައްކަތް ހަވާލުލު ކުރަނީ – ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

މީދޫ އާއި ކުޑަރިކިލު ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 823،000ރ. ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެ އެވެ. އެ މަސައްކަތަކީ ޕީއައިއެސްއައިޕީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މާމެންދޫ ކުނިކޮށި އަޅަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ލޯނު އެހީ އާއި ސަރުކާރު ބަޖެޓުން ހަރަދުކޮށްގެންނެވެ. މި ޕްރޮޖެކްޓަށް 1.15 މިލިއަން ރުފިޔާ ހަރަދު ކުރަންވަނީ ނިންމާފައި އެވެ.

މި ތިން ރަށުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ މިއަހަރު މަސައްކަތް ނިންމާގޮތަށެވެ.  އަދި އެކަމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށްރަށަށް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށި އަޅާ ނިންމުން ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *